އިންޑިޔާގެ ޓްރެވެލް އެޖެންޓުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފި

އިންޑިއާގެ މަގުބޫލު ޓްރެވެލް އެޖެންޓުންގެ ޓީމެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއ...

18 Jul 2022 | 11:22

އިންޑިއާގެ މަގުބޫލު ޓްރެވެލް އެޖެންޓުންގެ ޓީމެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރަކީ އިންޑިޔާ މާކެޓުގައި އެންމެ މަގުބޫލު އަދި އެންމެ އިސްކަންދޭ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގާމު ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތުގެ ދަށުން އައި ޓީމެކެވެ.

މި ޓީމު ޖުލައި 16 ން 22 ގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ.

މި ޓީމުގައި އައި.އެމް.ޓްރެވެލް އެޖެންޓް، މޭކްމައިޓްރިޕް، ނިވާލިންކް، އެސްޕެން ވެކޭޝަންސް، އަދި ހޮލިޑޭ ކާމާގެ މެންބަރުން ހިމެނެއެވެ.

މި ދަތުރުގައި މި ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ގްރޭންޑް ޕަރކް ކޮއްދިއްޕަރު، ކްރޮސްރޯޑްސް މޯލްޑިވްސް، އަދި ހައިޑްއަވޭ ބީޗް ރިޒޯޓް އެންޑް ސްޕާގައެވެ.

މި ދަތުރުގައި ރާއްޖޭގެ މެހެމާންދާރީ އާއި، ތަފާތު ތަޖުރިބާތަކާއި ޚިދުމަތްތަކާއި އެ ޕްރޮޕަޓީން ލިބެން ހުންނަ ޚާއްސަ ކެޔުންތައް  ތަޖުރިބާކުރާނެއެވެ.

މި ފެމިލިއަލައިޒޭޝަން ދަތުރުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ގޮންޖެހުމަށްފަހު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ކުރިއެރުމާއި މަގުބޫލުކަން އިތުރުކުރުމާއި ފަތުރުވެރިންނަށް ރާއްޖޭއިން ލިބޭ ތަފާތު ތަޖުރިބާތަކާ މެދު އިންޑިޔާ މާކެޓުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް