ދިއްފުށި މާރާމާރީ: ފުލުހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްުޔަރުކޮށްފި

މާލެއަތޮޅު ދިއްފުށީގައި ހިނގި މާރާމާރީއެއް ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް ހަމަލާދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވެ، އަޚްލާގީ...

18 Jul 2022 | 10:50

މާލެއަތޮޅު ދިއްފުށީގައި ހިނގި މާރާމާރީއެއް ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް ހަމަލާދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވެ، އަޚްލާގީ މިންގަނޑުން ބޭރުން ޢަމަލުތައް ބަހައްޓާފައިވާކަމަށް އަނިޔާ ލިބުނު މީހާ ތުހުމަތުކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުންދާކަމަށެވެ.

ދިއްފުށީގައި މީހަކަށް ގިނަ ބަޔަކުވެގެން އަނިޔާކޮށްފައިވަނީ ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައެވެ. އެއީ އެރަށަށް ގޮސް އުޅުނު ގއ. ވިލިނގިލި މީހެކެވެ. އޭނާ ސަލާމަތްކުރަން އުޅުނު ފުލުހަކަށް ހަމަލާދިން މައްސަލާގައި ޢުމުރުން 22އ މީހަކު ހައްޔަރުކޮށްފައިވާ ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެމީހާއަށް އަނިޔާކޮށް މާރާމާރި ހިންގި ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ނުބުނެއެވެ.

އަނިޔާ ލިބުނު މީހާވަނީ އެރަށު ސިއްޙީ މަރުކަޒުގެ މުވައްޒަފުންވެސް އޭނާއަށް ފަރުވާ ދިނުމަށް ދެކޮޅު ހެދިކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް