ޑިބާލާ ރޯމާއަށް

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓިނާ ފޯވާޑް ޕައުލޯ ޑިބާލާ އިޓަލީގެ ރޯމާއަށް ބަދަލުވުމަށް އެއްބަސްވެއްޖެ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. ނިމިގެން ދިޔަ ސީޒަނަށް ފަހު ޔުވެން...

18 Jul 2022 | 10:43

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓިނާ ފޯވާޑް ޕައުލޯ ޑިބާލާ އިޓަލީގެ ރޯމާއަށް ބަދަލުވުމަށް އެއްބަސްވެއްޖެ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ނިމިގެން ދިޔަ ސީޒަނަށް ފަހު ޔުވެންޓަސްއާއި އެކު ޑިބާލާ ހދާފައިވާ އެއްބަސްވުން ހަމަވެފައިވާއިރު، އެކުލަބުން ވަނީ ޑިބާލާގެ އިތުރު އެއްބަސްވުމެއް ހެދުމަށް ދެކޮޅު ހަދާފައެވެ. އެހެން ކަމުން މިވަގުތު އެއްވެސް ކުލަބެއްގައި ނެތް ޑިބާލާ ރޯމާއަށް ބަދަލުވާނީ ހިލޭ ޓްރާންސްފާގެ ދަށުންނެވެ.

ޑިބާލާ ހޯދުމަށް އިންޓަ މިލާނުންވެސް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނާއިރު، ޑިބާލާ އެންމެ ބޮޑަށް ދާން ބޭނުންވަނީ ރޯމާއަށް ކަމަށް އޭނާޖެ އެޖެންޓް ބުނެފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ޚަބަރު ފަތުރައެވެ.

އެގޮތުން މިހާރު ޑިބާލާއާއި ރޯމާއާއި ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ. އަދި ޑިބާލާ ރޯމާއަށް ސޮއިކުރާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހަތް ސީޒަނެއް ޔުވެންޓަސް އާއި އެކު ހޭދަކުރުމަށް ފަހު ޑިބާލާ ޔުވެންޓަސް ދޫކޮށް އިޓަލީގެ ރޯމާއަށް ބަދަލުވުމަށް ނިންމިއިރު، އޭނާ ވަނީ ޔުވެންޓަސްއަށް ކުޅެދިން 293 މެޗުގައި 115 ލަނޑު ޖަހައިދީފައެވެ. އަދި އެ ކުލަބާއި އެކު އިޓާލިއަން ލީގު ހަތަރު ފަހަރުު، އިޓާލިއަން ކަޕް ހަ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ހަތް ފަހަރު ހޯދާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް