އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ، ޓެސްޓު ކޮށްފި

ރ. އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ، ޓެސްޓު ކޮށްފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ޖޫން 30 އިން 02 ޖުލައި އަށް އެ ސިސްޓަމް...

18 Jul 2022 | 10:24

ރ. އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ، ޓެސްޓު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ޖޫން 30 އިން 02 ޖުލައި އަށް އެ ސިސްޓަމް ޓެސްޓުކޮށްފައިވާ ކަމަށެވެ.

އެ ރަށުގައި ގާއިމުކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާ އެއްގޮތަށް އާރް.އޯ ސިސްޓަމަށް ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވޭނެ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ދުވާލަކަށް 40 ޓަނުގެ ފެން އުފައްދާ ދެ RO ޕްލާންޓާއި ފެން ރައްކާ ކުރުމަށް 300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށްފައެވެ. އަދި ތިން ޕަންޕިންގ ސްޓޭޝަން ވެސް ގާއިމުކޮށްފައިވެއެވެ.

މީގެ އިތުރުން 10.91 ކިލޯމީޓަރުގެ ފެނުގެ އަދި 11.11 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އެއް ވެސް ގާއިމުކޮށްފައިވެއެވެ.

https://twitter.com/MoNPHImv/status/1548945921622573056

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް