ލަންކާގައި އަންހެން ދަރިއަކު އޭނާގެ މަންމައަށް ހަމަލާދީ މަރާލައިފި !

ލަންކާގެ ބޮރެއްލާގައި އަންހެން ދަރިއަކު އޭނާގެ މަންމައަށް ހަމަލާދީ މަރާލާފައިވާކަަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. އެގޮތުން ލަންކާގެ ނިއުސްވަޔަރ ނޫހުގައި ބުނެފައިވާގޮތުގައި މިކަން ހިނގާފައިވ...

18 Jul 2022 | 09:49

ލަންކާގެ ބޮރެއްލާގައި އަންހެން ދަރިއަކު އޭނާގެ މަންމައަށް ހަމަލާދީ މަރާލާފައިވާކަަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ލަންކާގެ ނިއުސްވަޔަރ ނޫހުގައި ބުނެފައިވާގޮތުގައި މިކަން ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ބޮރެއްލާގެ ސިންގަޕޫރާ ހައުސިން ކޮމްޕްލެކްސްގެ ތެރޭގައެވެ.

މަރުވެފައިވަނީ 65 އަހަރުގެ އަންހެނެއް ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އަދި އެ އަންހެންމީހާ މަރުވީ އަންހެން މީހާގެ އަންހެން ދަރިއަކު ދަނޑިބުރިއަކުން އެ އަންހެންމީހާގެ ބޮލަށް ހަމަލާދިނުމުން ކަމަށްވެސް ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ހަމަލާ ދިން އަންހެން ދަރި ހައްޔަރުކޮށްފައިވާއިރު އެ ހަަމަލާދިނީ ކަމަކާ އޭނާގެ މަންމައާއި ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް