ވިނަރެސް ފްލެޓް ގަންނަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

"ވިނަރެސް" ފްލެޓް ގަންނަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "ވިނަރެސް" ފްލެޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު...

18 Jul 2022 | 05:49

"ވިނަރެސް" ފްލެޓް ގަންނަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "ވިނަރެސް" ފްލެޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 15 އާ ހަމައަށް އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އޮންލައިންކޮށް ވެސް ފޯމު ހުށަހެޅޭނެ ކަމަށާއި އޮންލައިން ޕޯޓަލަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށެވެ.

ވިނަރެސް ފްލެޓްތައް ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެއް ގޮތަކީ ފްލެޓްގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. މި އޮޕްޝަނުގައިވާ ގޮތަށް ކުލި 20 އަހަރަށް ބަހާލުމުން ކޮންމެ އެޕާޓްމަންޓަކަށް ވެސް 19،000 ރުފިޔާއާއި 23،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭނެއެވެ.

ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމަންޓްގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ. މި އޮޕްޝަނުގައިވާ ގޮތަށް ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭނެއެވެ.

ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް މާލޭގެ ރަށްވެހިންނަށް ހުޅުވާލާއިރު، ދެން ހުރި ފްލެޓްތަކުން ފްލެޓު ދިނުމަށް ނިންމާފައިވަނީ ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ޚާއްސަކޮށް 100 ފްލެޓް ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް