އައިޖޭސީއެޗްޕީ ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއަރ ޕްރޮފެޝަނަލްސް" (އައިޖޭސީއެޗްޕީ 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. މޯލްޑިވިއަން ނާސިންގ އެސޯސިއޭޝަން (އެމްއެންއޭ) އާއި އީބީ...

18 Jul 2022 | 04:54

"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއަރ ޕްރޮފެޝަނަލްސް" (އައިޖޭސީއެޗްޕީ 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މޯލްޑިވިއަން ނާސިންގ އެސޯސިއޭޝަން (އެމްއެންއޭ) އާއި އީބީޕީ ހެލްތު ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީ މޯލްޑިވްސް) ގުޅިގެން ބާއްވާ މި ކޮންފަރެންސް އޮންނާނީ ޖުލައި 18 އިން 20 ގެ ނިޔަލަށް ބަންޑޮސް މޯލްޑިވްސް ގައެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ 'މޫވިންގ ފްރޮމް ސައިލޯސް ޓު ސިނަރޖީ އިން އެވިޑެންސް ބޭސްޑް ޕްރެކްޓިސް' އެވެ.

މި ޝިޢާރުގެ ދަށުން ބައިވެރިންނަށް އެހެން ތަފާތު ސިއްހީ ފަންނުތަކުގެ މުވައްޒަފުންނާއި އެކު މަޝްވަރާތައްކޮށް، ތަސައްވުރު ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ.

މީގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސިއްޙީ ތަޖުރިބާކަރުންނާއި ޔުނިވާރސިޓީތަކާއި ދަރިވަރުންނާއި ރިސަރޗަރުންނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި ކޮންސަލްޓަންޓުން ހިމެނެއެވެ. އަދި މި ކޮންފަރެންސްގެ ޒަރިއްޔާއިން މި ފަރާތްތަކަށް ދިވެހި ރާއްޖޭގެ މިހާރުގެ އަދި މުސްތަޤްބަލުގެ ޞިއްޙީ ދާއިރާ އަދި ޚިދުމަތްތެރިންނާއި ގުޅުންހުރި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ދިވެހި ރާއްޖޭގެ އަސާސީ ޚިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް ދިރާގުން އަބަދުވެސް ދަނީ ޚާއްސަ އަހައްމިއްޔަތުކަމަކާއި އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް