ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑް ބަތޮލާ ސުޝްމިތާ ސެން އާއި އައިޕީއެލް ފައުންޑާ އަދި ވިޔަފާރިވެރިޔާ ލަލިތު ކޭ މޯދީގެ ލޯބީގެ އަލަތު ގުޅުމަށް ފާޑުކިޔާ ފަރާތްތަކަށް ސުޝްވެސް ރައްދެއް ދީފިއެވެ.
އެގޮތުން އޭނާގެ އިންސްޓަގްރާމަށް، ރާއްޖޭގެ ރިސޯޓެއްގެ ސްވިމިން ޕޫލެއްގައި މޫދު ފެންނާނެހެން މެދަށްވާގޮތަށް އިށީނދެ އިން ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ސުޝް ބުނެފައިވަނީ ފާޑުކިޔާ ފަރާތްތަކަަށް ނޭނގުނަސް އޭނާއަށް ރަން ކަމު ނުދާކަމަށެވެ. ރަން ފަހަތުން ނުދުވާ ކަމަށެވެ. ކަމުދަނީ އަލިމަސް ކަމަށެވެ. އަދި އަލިމަސް ގަންނަނީވެސް އަމިއްލަ ފައިސާއަށް ކަމަށެވެ.
ބެލެވޭގޮތުގައި ސުޝް މިހެން ބުނެފައިވަނީ އޭނާއަކީ "ގޯލްޑް ޑިގަރ" (ފައިސާގެ ފަހަތުން ދުވާ) މީހެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ސިފަކުރުމުންނެވެ.
މިކަމަށް ސުޝްވެސް ރައްދު ދީފައިވާއިރު ލަލިތުވެސް މި މައްސަލައިގާ އިއްޔެ މީޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް