ދުވަހުގެ މޫސުމަށް ބަަލައިލާއިރު މިއަދަކީ ވިއްސާރަ، ވައިގަދަ އަދި ކަނޑުތައްވެސް ގަދަ ދުވަހެއް ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިހެން ބުނެފައިވަނީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ މި ބުލެޓިންގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
"އުތުރާއި މެދުރާއްޖޭގެ ސަރަހައްދަށް، ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކޮށް މެޓުން ބުނެފައިވެއެވެ.
މެޓުން ބުނެފައިވާގޮތުގައި ކަނޑުތައް އުތުރާއި މެދުރާއްޖޭގައި އާދައިގެވަރަކަށް ގަދަވެފައި، ދެކުނުގައި އާދައިގެވަރަކަށް މަޑުވާނެއެވެ. ވިލާގަނޑުގައިި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެކަމަށް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް