މާލެ އާއި އަތޮޅުތެރޭގަ ކޯވިޑްގެ އަދަދުތައް 30ން ދަށުގައި

ރާއްޖެއިން އިތުރު 63 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން ޕޮސިޓިވްވީ 28 މީހުންކަމަށެވެ. އަދި މާލެއިން 13 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓިވ...

18 Jul 2021 | 17:10

ރާއްޖެއިން އިތުރު 63 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން ޕޮސިޓިވްވީ 28 މީހުންކަމަށެވެ. އަދި މާލެއިން 13 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ 22 މީހުން ކަމަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،327 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،425 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،226 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 216 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 75،879 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް