މާލެ އާއި ހުޅުމާލެެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައި ސްޓެލްކޯ ތާރީހުގެ ތެރެއަށް

މާލެ އާއި ހުޅުމާލޭ ކަަަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ނިންމާލައިފި އެވެ. ސްޓެލްކޯ އިން ބުނީ، މާލެއާއި ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާއެކު ސ...

18 Jul 2021 | 15:36

މާލެ އާއި ހުޅުމާލޭ ކަަަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ސްޓެލްކޯ އިން ބުނީ، މާލެއާއި ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާއެކު ސިންކްރޮނައިޒް ކުރެވިފައި ކަމަށެވެ. އެހެންކަމުން މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، ގްރޭޓާ މާލެ ގްރިޑާއެކު ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް ގިރާކޮށްފައިވާ ކަމަށެވެ. އަދި ގްރިޑާއެކު އެކުންފުނިން ދެމުންގެން އަންނަ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1416733234759569410

ސްޓެލްކޯއިން ބުނީ ކޯވިޑުގެ ދަތި ހާލަތުގައިވެސް މަސައްކަތަށް ހުއްޓުކަމަށް ގެނެސްފައި ނުވާނެ ކަމަށެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ކާމިޔާބުކަމާއެކު، ނިންމައިލުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުން ދާ އެ ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

ގްރޭޓާ މާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ އިއްޔެއެވެ. އެ މަސައްކަތުގެ ދަށުން އިއްޔެ ވަނީ ފުރަތަމަ ސާކިޓް އެނާޖައިޒް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް