އަފްގާން ސަފީރުގެ ދަރިފުޅު ޕާކިސްތާނުގައި ގޮތަކަށް ރަހީނުކޮށް އަނިޔާ ކުރުމުން ގުޅުން އިތުރަށް ގޯސްވަނީ

އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަޖީބުﷲ އަލިކީލްގެ ދަރިކަނބަލުން ސިލްސިލާ އަލިކީލް ގޮތަކަށް ރަހީނުކޮށް އަނިޔާކޮށްފި އެވެ. އަފްގާނިސްތާނު ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާ...

18 Jul 2021 | 12:08

އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަޖީބުﷲ އަލިކީލްގެ ދަރިކަނބަލުން ސިލްސިލާ އަލިކީލް ގޮތަކަށް ރަހީނުކޮށް އަނިޔާކޮށްފި އެވެ.

އަފްގާނިސްތާނު ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ ސިލްސިލާއަށް ބަޔަކު އަނިޔާކޮށްފައިވަނީ ކާރުގައި ދަނިކޮށް ހުއްޓުވައި އެމީހުންގެ އަތްދަށަށް ކާރުގެންގޮސްގެން އެއަށް އަރައި ތިބެގެން ކަމަށެވެ. އެ އަމަލު ހިންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވަނީ އެންމެ މީހެކެވެ.

ސިލްސިލާ އަކީ އުމުރުން 27 އަހަރުގެ އަންހެނެކެވެ. އަނިޔާ ކުރުމުން އޭނާއަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށް އަގްފާން ފޮރިން މިނިސްޓްރީން ބުނެ އެވެ.

ސިލްސިލާއަށް އަނިޔާ ކުރި މައްސަލައިގަ ޕާކިސްތާނު ފޮރިން މިނިސްޓްރީން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފުލުހުންނަށް ބޮޑުވަޒީރު އިމްރާން ހާން އަންގަވާފައިވާ ކަމަށެވެ. އަދި އަފްގާން ސަފީރާއި އެމްބަސީގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައިގަ އަފްގާނިސްތާނުން ވަނީ ޕާކިސްތާނު ދެކެ އަނެއްކާވެސް ރުޅި އައިސްފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލައިގަ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވާނެ އެވެ.

މިހާރުވެސް އެ ގައުމަށް އަތް ގަދަ ކުރަމުންދާ ތޯލިބާނުންނަށް ޕާކިސްތާނު އެއްބާރުލުން ދޭކަމަށް ބުނެ އަފްގާނުން ތުހުމަތުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް