ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރަން އަންނަ ސެޕްޓެމްބަރު މަހު ބަޔަކާއި ހަވާލު ކުރާނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން ޢާންމުކޮށްފި އެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން މި މަޝްރޫޢުގެ ...

18 Jul 2021 | 11:04

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން ޢާންމުކޮށްފި އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން މި މަޝްރޫޢުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން 29ގެ ނިޔަލަށް ނިންމާލާނެ އެވެ.

މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓާއި ޕްރީކޮލިފިކޭޝަން މަސައްކަތް މިހާރު ނިންމާފައިވާއިރު، މި މަޝްރޫއުގެ ޓޭންޑަރ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު މި މަޝްރޫއު ބަޔަކާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއި ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރާނެ މައިގަނޑު މަސައްކަތްތައް ގޮތުގައި އެއާޕޯޓްގެ އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުމާއި އެއަރޕޯޓުގެ ރަންވޭ 2460 މީޓަރަށް ބޮޑުކުރަން ނިންމާފައިވާއިރު، ފޭސް 2 ގައި ރަންވޭ 3000 މީޓަރަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.

ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭއެއް ހެދުމާއި، ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް