ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާދެއްވައިފި

ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ފައްޓަވާދެއްވައިފި އެެވެ. މި މަސައްކަތް ރައީސް ފައްޓަވައިދެއްވީ ތިލަދުންމަތީގެ 3 ރަށަ...

18 Jul 2021 | 09:06

ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ފައްޓަވާދެއްވައިފި އެެވެ.

މި މަސައްކަތް ރައީސް ފައްޓަވައިދެއްވީ ތިލަދުންމަތީގެ 3 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރުކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުالله ޝާހިދާއި، މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.

ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 20 މަގެއްގެ 000،44 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 9.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް