ޕްރިޔަންކާގެ އުފަންދުވަސް، ރާއްޖޭގެ އެއްވަނަ ސަޕޯޓަރު ސުނީގެ މުޅި ދުވަސް ޕީސީއަށް ހާއްސަކޮށްފައި

މިއަދަކީ ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އުފަންދުުވަހެވެ. މިއަދު އޭނާއަށް ފުރިފައިވަނީ 39 އަހަރެވެ. ޕްރިޔަންކާގެ އުފަން ދުވަހު ދިވެހިން އެންމެ ބޮޑަށް ބަލަން ބޭނުންވާނީ ޕްރިޔަންކާގެ...

18 Jul 2021 | 08:58

މިއަދަކީ ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އުފަންދުުވަހެވެ.

މިއަދު އޭނާއަށް ފުރިފައިވަނީ 39 އަހަރެވެ. ޕްރިޔަންކާގެ އުފަން ދުވަހު ދިވެހިން އެންމެ ބޮޑަށް ބަލަން ބޭނުންވާނީ ޕްރިޔަންކާގެ ރާއްޖޭގެ އެއްވަނަ ސަޕޯޓަރު ސުނީތާ އަލީ ޕީސީގެ އުފަންދުވަސް ފާހަގަ ކުރަން ކުރަމުންދާ ހާއްސަ ކަންތައްތަކެވެ.

ސުނީ ދަނީ ޕީސީގެ އުފަންދުވަސް ފާހަގަ ކުރަން ރާއްޖޭގައި ކުރަމުންދާ ހުރިހާ ކަމެއް ޓުވިޓާ މެދުވެރިކޮށް ޕީސީ އާއި ޕީސީގެ ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ. ސުނީ އަކީ ޕީސީގެ އާދައިގެ ސަޕޯޓަރެއް ނޫނެވެ. އޭނާ އަކީ ޕީސީގެ ރަސްމީ ސަޕޯޓަރުންނާއި އޭނާގެ ޕީއާރު ޓީމަށް ހާއްސަ އަދި މުހިންމު މީހެކެވެ. އެހެން ގޮތަކުން ބުނާ ނަމަ "ވެރިފައިޑް" ސަޕޯޓަރެކެވެ.

ސުނީ ވަނީ ޕްރިޔަންކާގެ އުފަންދުވަސް ފާހަގަ ކުރަން މޭވާއިން ޑެކޮރޭޓްކޮށްފައިވާ ޗޮކްލެޓް ކޭކެއް ފަޅާފައި އެވެ. އަދި ޕްރިޔަންކާ ރާއްޖެއަށް ކުރި ޒިޔާރަތުގައި ސުނީ އާއި ބައްދަލުކޮށް އޭނާ އަކީ ރާއްޖޭގައި ހުރި ޕީސީގެ އެއްވަނަ ސަޕޯޓަރުގެ ގޮތުގައި ކަނޑައެޅި ދުވަހުގެ ފޮޓޯތައްވެސް ސުނީ ވަނީ ޓުވީޓުކޮށްފައި އެވެ.

މީގެ އިތުރުން ޕީސީ އެކްޓުކޮށްފައިވާ ހިންދީ ލަވަތަކަށް އޭނާ އާއި އިތުރު ތަރިންނާއި އެކު އެކްޓުކޮށްފައިވާ އެތައް ލަވަތަކެއްގެ ވީޑިއޯގެ ތަންތަންކޮޅު ދަނީ ޓުވީޓު ކުރަމުންނެވެ. އުފަންދުވަހުގެ ތަހުނިޔާކިޔައި ސުނީ ބުނެފައިވަނީ ޕީސީ އަކީ އެންމެ ހުނަރުވެރި ރީތި އަދި އެންމެ ބުރަ މަސައްކަތް ދާއިރާގައި ކުރާ ފަންނާނު ކަމަށެވެ.

އަދި އުފާވެރި އުފަންދުވަހަކަށް އެދިފައިވެ އެވެ. ސުނީ މިއަދު ހިއްސާ ކޮށްފައިވާ ވީޑިއޯ ކްލިޕްތަކާއި އެކު ބުނެފައިވަނީ ވަނީ އެ ޥީޑިއޯތަކަކީ ޕްރިޔަންކާގެ އުފަންދުވަހަށް ހާއްސަކޮށް ހިއްސާ ވީޑިއޯ ކްލިޕްތަކެއް ކަމަށެވެ.

https://twitter.com/sunee7777/status/1416478135126839299

https://twitter.com/sunee7777/status/1416579295888117770

ޕްރިޔަންކާގެ ރާއްޖޭގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ ގޮތުގައި ސުނީ ހަމަޖެއްސި ފަހުން އޭނާ ދަނީ ސުނީގެ އުފަންދުވަހު ކޮންމެ އަހަރުވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ސުނީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.

މީގެ ކުރިން ސުނީ ވަނީ ޕްރިޔަންކާގެ ރާއްޖޭގެ ސަޕޯޓަރުގެ ގޮތުގައި އިންޑިއާއަށް ގޮސްވެސް އޭނާ އާއި ބައްދަލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް