ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ގިނަ މުވައްޒަފުން ކޯވިޑް-19ން ދިފާއުވުމަށް ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފި އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން 97 އިންސައްތަ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށާއި އަދި ދެވަނަ ޑޯޒު ޖެހި މުވައްޒަފުންގެ އަދަދު އުޅެނީ 80 އިމްސައްތައިގައި ކަމަށެވެ.
ކޯވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން އެ ދާއިރާގެ މުވައްޒަފުންނަށް ދޭ "އައި އޭމް ވެކްސިނޭޓެޑް ބެޖް" ދާދިފަހުން ވަނީ އިފްތިތާހުކޮށްފައެވެ. މިއީ އެ ދާއިރާގެ މުވައްޒަފުން ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕެެެއިން އެކެވެ.
އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 200،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 320،482 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް