ފުލުހުންގެ ތަހުގީގާ މެދު ނަޝީދު ސުވާލު އުފައްދައިފި

މޭ މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ ހިންގަމުންދާ ތަހުގީގާ މެދު އެމަނިކުފާނު ސުވާލު އުފައްދައިފި އެވެ. ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ ފޭކް...

18 Jul 2021 | 07:25

މޭ މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ ހިންގަމުންދާ ތަހުގީގާ މެދު އެމަނިކުފާނު ސުވާލު އުފައްދައިފި އެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ ފޭކް ޓްވިޓާރ އެކައުންޓުން ކުރި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ހަތް ކަމެއް ފާހަގަކޮށް ފުލުހުން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ފުރިހަމަ ތަހްގީގެއް ނުކުރާކަމަށް ވިދާޅުވެފައެވެ.

އެ ގޮތުން، ފުރަތަމަ ކަމަކަށް ނަޝީދު ވިދާޅުވީ ހައްޔަރު ކޮށްފައިވާ މީހުންގެ ހަރަކާތްތައް ކުރިން ހުރިގޮތް ފުލުހުން ބަލާފައި ނެތުމެވެ. ދެވަނަކަ ކަމެއްގެ ގޮތުގައި ވިދާޅުވީ އައިއީޑީ ތައްޔާރު ކުރަން ބޭނުންކުރި ތަކެތީގެ އަސްލު ވެސް ފުލުހުން ހޯދާފައި ނެތުމެވެ.

އަދި ހަމަލާއަށް ފަންޑު ކުރި މީހުން ހޯދިފައި ނެތް ކަމަށާއި ހައްޔަރު ކޮށްފައި ތިބި މީހުންނަށް އައިއީޑީ ހަދަން އެނގުނު ގޮތެއް ވެސް ފުލުހުން ހޯދާފައި ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދަށް ހަމަލާދިންކަން ކުރިން އެނގުނު މީހުން ވެސް ފުލުހުންނަށް ދެނެގަނެވިފައި ނެތް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

https://twitter.com/anedhivehirajje/status/1416648063192649729

މިއީ ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ނަޝީދު ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ހަތް މީހުންނެވެ. އިތުރު މީހަކު ހައްޔަރު ކުރުމަށް ފަހު ފަހުން ވަނީ ދޫކޮށްލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް