ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދެއް ނުކުރޭ: އެންޑީއޭ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް އުފައްދާފައިވާ ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދުނުކުރާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ. އެންޑީއޭން ނެރުނު ބަޔާނެއްގައި...

18 Jul 2021 | 06:14

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް އުފައްދާފައިވާ ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދުނުކުރާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

އެންޑީއޭން ނެރުނު ބަޔާނެއްގައި ވަނީ ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދުނުކުރާ ކަމަށާއި އެކަމަކު ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލީ ހިދުމަތްތަކަށް ބަދަލު ގެނެސް، ފެސިލިޓީތައް މެޕުކުރުމާއި ފަރުވާ ޕްރޮގްރާމްތައް ހަރުދަނާކޮށް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދާތީ ކަމަށެވެ.

އޭގެ ތެރެއިން އެއް ތަނަކީ ހދ. ހަނިމާދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރު ކަމަށާއި ސެންޓަރުގައި ޑޮކްޓަރަކު ނެތުމުން ޑިޓޮކްސް ފަރުވާ ވަގުތީ ގޮތުން ހުއްޓިފައިވުމާއި ބައެއް ކަންތައްތައް ރަނގަޅުކުރަންޖެހޭ ކަމަށް ބަޔާނުގައިވެއެވެ.

މާލެ ސަރަހައްދުގައި ޑިޓޮކްސިފިކޭޝަން ހިދުމަތަށް ބޭނުންވާ ގިނަ ބަޔަކު ތިބުމުން، އެ މީހުންނަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޖުލައި 8 ވަނަ ދުވަހުން ފެށިގެން އަންނަނީ ޑިޓޮކްސް ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް