"ސީއައީޑީ"ގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް، ސީޒަން 2 ފަށަން ތައްޔާރުވަނީ!

އިންޑިއާގެ ޓީވީ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދެއްކި އަދި އަދަބުވެސް މީހުންގެ މަގުބޫލުކަން ލިބޭ "ސީއައިޑީ" އަނެއްކާވެސް ސްކްރީނަށް އަންނަން ތައްޔާރުވާން ފަށައިފި އެވެ. ޕޮލިސް އޮފިސަރުންތަ...

18 Jul 2021 | 06:12

އިންޑިއާގެ ޓީވީ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދެއްކި އަދި އަދަބުވެސް މީހުންގެ މަގުބޫލުކަން ލިބޭ "ސީއައިޑީ" އަނެއްކާވެސް ސްކްރީނަށް އަންނަން ތައްޔާރުވާން ފަށައިފި އެވެ.

ޕޮލިސް އޮފިސަރުންތަކެއް ހިންގާ ކުށުގެ ވެށީގެ އޮޕަރޭޝަންތަކެއްގެ މައްޗަށް ބިނާވެފައިވާ އެ ސިލްސިލާގެ ސީޒަން 1 މެދުކެނޑުމެއް ނެތި 20 އަހަރު ދެއްކުމަށް ފަހު އެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ ރޭޓިން ދަށްވެފައި ނުވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސީއައިޑީގައި އަބީޖީތްގެ ރޯލުން ފެނިގެންދާ އަދިތްޔާ ސްރިނިވާސްތަވަ އިންޓަވިއުއެއްގައި ބުނީ ސީއައިޑީގެ ސީޒަން 2 ފެށުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އެކަމަކު ފަށާނެ ދުވަހެއް ނުވަތަ ސީޒަން 2 އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި އެމީހުންނަށް އަންގާފައި ނުވާ ކަމަށެވެ.

ބީޕީ ސިންގް ޑައިރެކްޓު ކުރާ އެ ސިލްސިލާގެ މުހިންމު ރޯލުތަކުން ފެނިގެންދާ ހުރިހާ ތަރިންނަށް ވަނީ ސީޒަން 2 ގެ މަސައްކަތް ފެށުމަށް ތައްޔާރަށް ތިބުމަށް އަންގާފައި އެވެ. އަދި މިފަހަރު ފަށާ ސީޒަން ފުރަތަމަ ސީޒަން އާއި ތަފާތުވާނެ ކަމަށް ޑައިރެކްޓަރު އަންގާފައިވެ އެވެ.

ސީއައިޑީގެ ސީޒަން 2 ދައްކާނެ ޗެނަލެއް އަދި ނުނިންމަ އެވެ. ސީޒަން 1، 20 އަހަރު ދައްކާފައިވަނި ސޮނީ ޓީވީންނެވެ.

ސީއައިޑީގައި އާންމުންނަށް ގެނެސްދޭ މެސެޖުތަކުން ގިނަ ބަޔަކު އެ ސިލްސިލާ ބަލައިގަންނަ އިރު އޭގެ އިދިކޮޅަށްވެސް ކަންކަން ވެފައި އެބަހުއްޓެވެ.

އެގޮތުން އިންޑިއާގައި ހިނގާ ބައެއް މަރުގެ މައްސަލަތަކުގެ ތަހުގީގުގައި ވަކި ގޮތަކަށް އެމީހަކު މަރާލުމުގައި އަމަލު ކޮށްފައިވަނީ ކީއްވެތޯ ސުވާލު ކުރުމުން ބައެއް ގާތިލުން ވަނީ ސީއައިޑީ ބަލައިގެން މަރާލާނެ މޮޅު ގޮތެއް ވިސްނީ ކަމަށް ބުނެފަ އެވެ. ނުވަތަ އެމީހަކު މަރާލާފައިވަނީ ސީއައީޑީގެ ވަކި އެޕިސޯޑެއްގައި ހެދި ގޮތަށް ކަމަށް ބުނެފައި އެބަހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް