ދީނާ ހިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަތައް ތަހުގީގުކުރާނެ: ފުލުހުން

އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަތައް ވެސް އެހެން މައްސަލަތަކާއި އެއް އުސޫލުން ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީ...

18 Jul 2021 | 05:50

އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަތައް ވެސް އެހެން މައްސަލަތަކާއި އެއް އުސޫލުން ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަތައް ވެސް އެހެނިހެން މައްސަލަތަކެކޭ އެއްފަދައިން ތަހުގީގު ކުރާނެ ކަމަށާއި އަދި އެ މައްސަލައެއް ތަހުގީގުކުރުމަށްފަހު އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ވަކި މައްސަލައެއް ތަހުގީގުކުރުމަށް ނުވަތަ ވަކި މައްސަލައެއް ތަހުގީގު ނުކުރުމަށް ސިޔާސީ ނުފޫޒެއް ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތައް ފަތުރާ މީހުންގެ އެތައް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ތަހްގީގު ހުއްޓިފައި އެބަހުއްޓެވެ.

ފުލުހުން މިހެން ބުނެފައިވަނީ، އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ މައްސަލަތައް ބެލުމަށް ފުލުހުން ފަސްޖެހިފައިވާ ކަމަށް ބުނެ ފުލުހުންނަށާއި އަދި ސަރުކާރަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް