ހިނގާ ވިސްނަމާތޯ މި ރާއްޖޭގެ ޙާލަށް!؟

ދިވެހިރާއްޖެ އަކީ 1190 ރަށުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމެކެވެ. ރީތި ދޮންވެލި ތުނޑިތަކާއި މުރަކައިގެ ރީތި ފަރުތަކަކީ މިކުޑަކުޑަ ޤައުމަށް ލިބިފައިވާ އެންމެ އަގުހުރި ރައުސުލްމާލެވެ. މިރާއްޖޭގެ ...

18 Jul 2021 | 04:56

ދިވެހިރާއްޖެ އަކީ 1190 ރަށުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމެކެވެ. ރީތި ދޮންވެލި ތުނޑިތަކާއި މުރަކައިގެ ރީތި ފަރުތަކަކީ މިކުޑަކުޑަ ޤައުމަށް ލިބިފައިވާ އެންމެ އަގުހުރި ރައުސުލްމާލެވެ. މިރާއްޖޭގެ ބިމުގެ ބޮޑުމިނުގައި 298 ކިލޯމީޓަރު ހުންނައިރު ރާއްޖޭގެ 99 އިންސައްތަ އަކީ މާސިންގާ ކަނޑެވެ. ރާއްޖޭގެ ރަށްތައް އިންޑިޔާ ކަނޑުތެރޭގައި ފެތުރިފައިވާ ގޮތުން ބައެއް ސައްޔާޙުން "މުތުގެ ހާރެއް"ގެ ގޮތުގައި ދިވެހިރާއްޖޭގެ ރަށްތައް ސިފަކުރާއިރު އަނެއްބައި މީހުން ދިވެހިރާއްޖެ ސިފަކުރަނީ "ދުނިޔެމަތީގެ ސުވަރުގޭގެ" ގޮތުގައެވެ.

ރަނގަޅުކޮށްލާނަމެވެ. ދިވެހިރާއްޖެ "ސުވަރުގޭގެ" ގޮތުގައި ސިފަކުރަނީ ބޭރުން އަންނަ ފަތުރުވެެރިންނެވެ. ދިވެހިންނަށް މިތަން ވެފައި މި ވަނީ "ނަރަކައަކަށެެވެ." އިޖުތިމާއީ އަދި ދީނީ މައްސަލަތައް ބޮއްސުންލައިފިއެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މުހިންމު އެންމެ އަގުބޮޑު ނިޢުމަތަކީ މާތްވެގެންވާ އިސްލާމް ދީންކަން ކަށަވަރެވެ. އިސްލާމްދީނުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާކަމެއް ވަނީ އަންގަވާފައެވެ. ނަމަވެސް ހިތާމަޔަކީ އިސްލާމްދީނާ ޚިލާފް ހުޅަނގުގެ ސަޤާފަތްތައް މިމުޖުތަމައުގައި އަށަގަންނަމުންދާކަމެވެ. ހުޅަނގުގެ އުސޫލުތައް އަޅުގަނޑުމެންގެ މުޖުތަމުގައި ތައާރަފްވެ އެކަންކަން އެއީ މާރަނގަޅުކަންކަން ކަމަށް ބަލައިގެން އުޅުމަކީ އިޖުތިމާއީ މައްސަލަތައް ފެށި މުޖުތަމައުގެ އަމާންކަން ގެއްލިދިޔުމުގެ އަސްލުކަމުގައި ވެގެންދެއެވެ.

މި މުޖުތަމައުގައި ފިތުނަ ފަސާދައާއި ނޭއްގާނީ ކަމާއި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް މި ވަނީ އިތުރުވެފައެވެ. މާރާމާރީއާއި ކަޓަރު އެޅުމާއި އަނިޔާވެރިކަމާއި ސިޔާސީ ބައިބައިވުމެވެ. ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ މީހުން ގިނަވެފައި އެ ކަމުގެ ނުރައްކާ ބޮޑެވެ. އިންސާފެއް އަދުލެއް ހަމަހަމަކަމެއް ދަންނަ މީހަކު ނެތެވެ.މިވާހަތައް ދައްކާން ޖެހެއެވެ.

އެހެންކަމުން، ދިވެހި ދެ ޒުވާނަކު މި ހުރިހާ މައްސަލައެއް ޅެންބައިތުތަކަކުން އަމުނާލައި މި ވަނީ ލަވައަކުން ބުނެދީފައެވެ. "ހިނގާ ވިސްނަމާތޯ؟"ގެ ނަމުގައި ނެރެފައިވާ މި ލަވައަކީ "ޝަހީދުންގެ ޒިކުރާ"ގެ ރާގު ޒަމާނީ ކުރުމަށް ފަހު އެ ރާގަށް ކިިޔާފައިވާ ލަވައެކެވެ. ލަވައިގެ ރެކޯޑިން އަދި މިއުޒިކު ހަދާފައި ވަނީ ހުނަރުވެރި މިއުޒިޝިއަން އަދި އާޓިސްޓް ރ. އަލިފުށީ، އަބްދުﷲ ޝާފިއު (ޝާ) އެވެ. ލަވަ ކިޔާފައި ވަނީ ވެސް އޭނާއެވެ. މި ލަވައިގެ ޅެމަކީ ރ. ވާދޫއަށް ނިސްބަތްވާ ލިޔުންތެރިޔާ ޒިދާން މުހައްމަދުގެ ޅެމެކެވެ.

https://soundcloud.com/zidhanriyaz/hingaa-visnamaatho

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް