ރާއްޖެއިން ދޫކޮށްލި މަސް ބޯޓެއް ލަންކާއަށް ދިޔައިރު މުދާ ގެންދިޔުމުން ހައްޔަރުކޮށްފި

ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވުމުން ހިފެހެއްޓި މަސް ބޯޓެއް ދޫކޮށްލުމުން އެނބުރި ސްރީލަންކާއަށް ދިޔައިރު ރާއްޖެއިން މުދާ ގެންދިއުމުން އެ ބޯޓުގައި ތިބި މަސްވެރިން ހައްޔަރުކޮށްފި އެވެ. އެ ބޯޓު ރާއްޖެއި...

18 Jul 2021 | 04:31

ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވުމުން ހިފެހެއްޓި މަސް ބޯޓެއް ދޫކޮށްލުމުން އެނބުރި ސްރީލަންކާއަށް ދިޔައިރު ރާއްޖެއިން މުދާ ގެންދިއުމުން އެ ބޯޓުގައި ތިބި މަސްވެރިން ހައްޔަރުކޮށްފި އެވެ.

އެ ބޯޓު ރާއްޖެއިން ހިފެހެއްޓީ މިދިޔަ މެއި މަހު އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އެ ބޯޓުގައި ދިޔަ ހަ މަސްވެރިންނެވެ.

ލަންކާގެ ސަންޑޭ ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުން ހައްޔަރު ކުރީ ލަންކާގެ ބެރުވަލާ އަވަށުގެ ބަނދަރު ބަލަހައްޓާ ކޯސްޓް ގާޑުންނެވެ. އެމީހުން ހިފެހެއްޓީ ލަންކާގެ ކަސްޓަމްސްގެ ގާނޫނުތަކާ ހިލާފަށް ލަންކާއަށް މުދާ އެތެރެކުރި މައްސަލައިގަ އެވެ.

އަތުލައިގަތް ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަންނައުނާއި ސެންޓާއި ކާނާ ހިމެނެ އެވެ. ކާބޯތަކެތީގެ ތެރޭގައި ދަޅުގައި ބަންދުކުރި މަހާއި، ޔޭޔޭ ކޮފީ އާއި ޕޮޓޭޓޯ ޗިޕްސް އާއި ކޯންފްލޭކްސް ވެސް ހިމެނެ އެވެ. އަތުލައިގަތް ތަކެތީގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.

ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުން ހައްޔަރު ކުރީ ބަނދަރަށް އެތަކެތި ބާލަނިކޮށެވެ.

ހައްޔަރު ކުރި މީހުންނާ ހަވާލާދީ ލަންކާ ކޯސްޓް ގާޑުން ބުނެފައި ވަނީ ރާއްޖެ ސަރަހައްދުން އެމީހުން ހައްޔަރު ކުރުމުން އޭގެ ފަހުން އެހީވީ ރާއްޖޭން ރައީސް އޮފީހުގެ މީހެއް ކަމަށެވެ. އަދި ބޯޓުގައި ލަންކާ އަށް ގެންދިޔަ ތަކެތި ހޯދަން އެހީވީ ވެސް ރައީސް އޮފީހުން އެހީވި މީހަކު ކަމަށް ބުންޏެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް