ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަކިކޮށް އެކަން މަޖިލީހުގެ އިދާރާއަށާއި ކަމާއިބެހ މުއައްސަސާތަކަށް އަންގާފައިވާކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.
ޕީޕީއެމުން މިކަން އިއުލާނު ކޮށްފައިވަނީ މިރޭ އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމަކަށް ފަހުގަ އެވެ.
މިރޭގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ މުސްތަސާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެފައިވާއިރު ހަތަރު މެމްބަރަކު ޕީޕީއެމުން ވަކިކޮށްފައިވާކަން އެ ބައްދަލުވުމަށްފަހު ކައުންސިލްމެމްބަރުން ވަނީ މީޑިއާއަށް ހާމަކޮށްފަ އެވެ.
އެ ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް