ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއި ކުރެއްވި ޕީޕީއެމްގެ 10 މެންބަރުންގެ ސޮއި އަނބުރާ ގެންދަން ދިން މުއްދަތުގައި އެ މެންބަރުން އެކަމެއް ނުކުރެއްވި އެވެ.
ޕީޕީއެމްއިން އިއްޔެ ވަކި ވަކިން އެ މެންބަރުންނަށް ފޮނުވި ސިޓީތަކުގައި ބުނެފައިވަނީ ރޭ ދަންވަރު 12:00 ގެ ކުރިން މަސީހާއި ދެކޮޅަށް ކުރެއްވި ސޮއި އަނބުރާ ގެންދިއުމަށް އެދޭކަމަށެވެ. ސިޓީގަިއ ބުނެފައިވަނީ އެކަމަކީ އެ މެންބަރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ވަގުތު ޖެހުނު އިރުވެސް އެއްވެސްމެންބަރަކު ސޮއި އަނބުރާ ގެންގޮސްފައި ނުވާ އިރު އެ މެންބަރުން ރޭ ވިދާލުވެފައި ޕީޕީއެމްއަށް އެ މެންބަރުންނަށް ސިޓީ ފޮނުވުމުގެ ހައިސިއްޔަތު ނޯންނާނެ ކަމަށެވެ. އެ ބޭފުޅުންނަކީ ޕީޕީއެމްގެ މެންބަރުން ނޫންކަމަށާއި ޕީޕީއެމް ޕީޖީ ގްރޫޕުން އުޅެނީ އެ ބޭފުޅުން ގަދަކަމުން މެންބަރު ކަމުގައި ބައިތިއްބަން ކަމަށެވެ.
މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގަ މިދިޔަ ހަފްތާގައި އަމިއްލއަށް ވަކިވެވަޑައިގެންނެވީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
އެކަމާއި ގުޅިގެން އަމިއްލައަށް ވަކިވެވަޑަައިގެންނެވި މެންބަރުން ވިދާޅުވެފައިވަނީ ގޮނޑިގެއްލުނަސް ވޯޓު ލާނީ މަސީހު އާއި ދެކޮޅަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް