އެޗްބީއޯގެ ފެންޓަސީ ޑްރާމާ، ގޭމް އޮފް ތްރޯންސް ސީޒަން ހަތެއްގެ ފުރަތަމަ އެޕިސޯޑުގައި މަޝްޙޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ދައްކާލައިފި އެވެ.
އުމުރުން 26 އަހަރުގެ އެޑް މިހާރުވަނީ ގޭމް އޮފް ތްރޯންސްގެ ސެޓުގައި ނަގާފައިވާ ފޮޓޯތަކެއް އެނާ އިންސްޓަގްރާމްކޮށްފައިވެ އެވެ.
https://www.instagram.com/p/BWohJtkFqpT/
ގޭމް އޮފް ތްރޯންސްގައި އެޑް ފެނިގެންދިޔައީ ލެނިސްޓާރ ލަޝްކަރުގެ ހަނގުރާމަވެރިއެއްގެ ގޮތުގަ އެވެ. އެ ފޮޓޯތަކުގައި ހުރީ ގޭމް އޮފް ތްރޯންސްގެ ޕްރޮޑިއުސާ ޑޭވިޑް ބެނިއޮފް އަދި އެ ޑްރާމާގައި އާރިޔާ ސްޓާރކްގެ ރޯލުން ފެނިގެންދާ މެއިސީ ވިލިއަމްސްއާއެކޮން ނަގާފައިވާ ފޮޓޯއެކެވެ.
ގޭމް އޮފް ތްރޯންސްގެ ޕްރޮޑިއުސާ ޑޭވިޑް ބެނިއޮފް މީގެ ކުރިންވަނީ މި ސީޒަންއިން އެޑް ޝީރަން ފެނިގެންދާނެކަމަށް ބުނެފަ އެވެ. ނަމަވެސް އޭރު އެޑް ފެނިގެންދާނީ ކޮން ރޯލަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
https://www.instagram.com/p/BWoWCCTl-0G/
ޑޭވިޑް ބެނިއޮފް ބުނީ އެ ސީޒަންގައި އެޑްއަށް ފުރުޞަތުދިނީ މެއިސީއަކީ އެޑްގެ ބޮޑު ފޭނަކަށްވުމުން މެއިސީއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް