ހަ ހާހަށްވުރެ ގިނަ ފޭކު ބޫޓާއި ދަބަސް އަބޫދާބީން އަތުލައިގެންދި

ލެދާ މެޓީރިއަލް ބޭނުންކޮށްގެން ހަދާފައިހުރި މަޝްޙޫރު ބްރޭންޑުތަކުގެ 6،230 ފޭކު ބޫޓާއި، ދަބަސް އެކުވެރި ޢަރަބި އިމަރާތުގެ ވެރިރަށް އަބޫ ދާބީގެ އެޕާޓްމަންޓަކުން އަތުލާގަނެފި އެވެ. އެ ތަކެތި އަތުލާގަތީ އ...

18 Jul 2017 | 06:07

ލެދާ މެޓީރިއަލް ބޭނުންކޮށްގެން ހަދާފައިހުރި މަޝްޙޫރު ބްރޭންޑުތަކުގެ 6،230 ފޭކު ބޫޓާއި، ދަބަސް އެކުވެރި ޢަރަބި އިމަރާތުގެ ވެރިރަށް އަބޫ ދާބީގެ އެޕާޓްމަންޓަކުން އަތުލާގަނެފި އެވެ.

އެ ތަކެތި އަތުލާގަތީ އަބޫ ދާބީގެ ޑިޕާޓްމަންޓު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ހިންގި ޚާއްޞަ އޮޕްރޭޝަނެއްގަ އެވެ.

ޤަވާއިދާ ޙިލާފައް ތައްޔާރުކޮށްފައިވާ އެ ތަކެތި އެ އެޕާޓްމެންޓުގައި ރައްކާކޮށްފައިވަނީ އޮރިޖިނަލް ބްރޭންޑުގެ ގޮތުގައި އަގުބޮޑުކޮށް ވިއްކުމަށެވެ.

އެކަންކުރި މީހުންނަށް ޤާނޫނީ ގޮތުން އެޅޭނެ އެންމެ ބޮޑު ފިޔަވަޅެއް އަޅާނެކަމަށް އަބޫ ދާބީގެ ޑިޕާޓްމަންޓު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް