ރާމާ މަކުނަކާ ހެދި ޒަންބިއާ ޓައުނެއްގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ރާމާ މަކުނެއްގެ ސަބަބުން ދެކުނު އެފްރިކާގެ ޤައުމެއްކަމަށްވާ ޒަންބިއާގެ ޓައުނެއްކަމަށްވާ ލިވިންގްސުޓޯންގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ. އާބާދީގައި ލައްކައެއްހާ މީހުން ދިރިއުޅޭ ލިވިންގްސުޓޯންގެ...

18 Jul 2017 | 04:30

ރާމާ މަކުނެއްގެ ސަބަބުން ދެކުނު އެފްރިކާގެ ޤައުމެއްކަމަށްވާ ޒަންބިއާގެ ޓައުނެއްކަމަށްވާ ލިވިންގްސުޓޯންގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

އާބާދީގައި ލައްކައެއްހާ މީހުން ދިރިއުޅޭ ލިވިންގްސުޓޯންގެ، 50 ހާސް މީހުންނަށް މިހާރު ކަރަންޓުގެ ޚިދުމަތްވަނީ މެދުކެނޑިފަ އެވެ. އެ ޚާދިސާ ހިނގީ ރާމާ މަކުނެއް ލިވިންގްސުޓޯންގެ އިންޖީނުގޭ ކައިރީގައި އެލުވާފައި އޮތް ކަރަންޓު ކޭބަލެއްގައި އެލިގަތުމުގެ ސަބަބުންނެވެ.

އެ ޚާދިސާގައި އެ ރާމާ މަކުނުގެ ބުރަކަށިން ތަންކޮޅެއް ފިހުންފިޔަވާ އެހާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެ ރާމާމަކުނު ސަލާމަތްކުރި ވައިލްޑުފަޔާރ އޯގަނައިޒޭޝަނުން ބުނެ އެވެ.

ފަތުރުވެރިންގެ މެދުގައި މަޤުބޫލު ލިވިންގްސުޓޯންގެ އިންޖީނުގެ ހުންނަނީ ނޭޝަނަލް ޕާކްއާއި ކައިރީގައި ކަމުން، އެކި ކަހަލަ ވަލު ޖަނާވާރުތައް ދުވެ އުޅުމަކީ އެ ސަރަޙައްދުގައި ޢާންމުކަމެކެވެ.

ކޭބްލަ ރަނގަޅުކުރުމަށްފަހު މިހާރުވަނީ ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް