ގދ ގައްދޫގައި 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ މައްސަލައެއް ޖެންޑާއާއި ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު އެ މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތަކީ އެރަށު ކައުންސިލްގެ މެމްބަރެއްކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން، ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެ މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތަކީ ކައުންސިލްގައި ހިމެނޭ މެމްބަރެއް ކަމަށާއި ކަމަށާއި ނަމަވެސް އަދި އޭނާ ހައްޔަރުކޮށްފައި ނުވާކަމަށެވެ.
"މި ވާގޮކީ އެއީ ގްރޭޑް 10ގައި އުޅޭ ކުއްޖެއް، އެކުއްޖާއާ ލޯބީގެ ގޮތުން އެ މެމްބަރަކު ގުޅިގެން އުޅޭކަމަށް މިވަނީ، ދެން ރޭގަ އެކުއްޖާގެ މަންމައަށް ފެންނަނީ ކުއްޖާގެ ގައިން "ރެޑްމާކް"ތަކެއް، އެކުއްޖާގެ މަންމަ ފުލުހުންނަށް މައްސަލަ ރިޕޯޓްކުރީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ދާދި ދެންމެއަކު ފުލުހުންނާއި ޖެންޑާގެ ޓީމް އަދި އެކުއްޖާއާއި އެކުއްޖާގެ މަންމަ މިހާރު ވަނީ ތިނަދުއަށް ފުރާފައެވެ. ތިނަދުއަށް ދަނީ ހޮސްޕިޓަލަށް ގޮސް ޓެސްޓް ކުރުމަށެވެ.
މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 8:00ގައި ކަމަށާއި އަދި މި މައްސަލައިގާ އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ނަމެވެސް މި މައްސަލަ ޖެންޑާއާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅު ވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް