ގދ ގައްދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސިގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 8:00 ހާއިރު ފުލުހުންނަށް ހުށަހެޅުނު މިފަދަ މައްސަލައެއް ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މި މައްސަލައިގާ އިތުރު މީހަކު އަދި ހައްޔަރު ނުކުރާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާއަކީ އެ ރަށު ސްކޫލްގައި ގްރޭޑް 10 އަށް ކިޔަވަަމުން އަންނަ ދަރިވަރެކެވެ. އެ ކުއްޖާއަށް މީހަކު ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަ ފުލުުހުންނަށް ހުށަހެޅީ އެ ކުއްޖާގެ މަންމަަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް