އަމިއްލައަށް މަރުވާ އުޅުނު ޒުވާނަކު، ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފި

މުލަކުގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މުލަކުގައި އަމިއްލައަށް މަރުވާން އުޅުނު މީހަކު ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފިއެވެ. ފުލުހުން ބުނީ ޢާއިލާ ތެރޭގައި ހިނގި މައްސަލައަކާ ގުޅިގެން އުފެދުނު ...

18 Jul 2015 | 11:27

މުލަކުގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މުލަކުގައި އަމިއްލައަށް މަރުވާން އުޅުނު މީހަކު ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ ޢާއިލާ ތެރޭގައި ހިނގި މައްސަލައަކާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުންތަކަކާއެކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަމިއްލަ ފަރާތަކުން ރޭގެ 00:40 ހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ކޮޓަރިއަށްވަދެ އޭނާ ސަލާމަތް ކޮށްފައިވަނީ ފުލުހުން ގޮސް ގޮވައި ކޮޓަރީގެ ދޮރު ނުހުޅުވުމުން ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށާއި ފުލުހުން ގޮސް އޭނާ ސަލާމަތް ކުރިއިރު އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަނަށް އަމިއްލަށް ގެއްލުންދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް