ކޮނައްޓާ ރިޒޯޓަށް ސަޕްލައި ހިފައިގެން ދަތުރުކުރި ދޯންޏެއް މ. މުޅައްކަނޑު ފަރަށް އަރާފައިވުމާއެކު އެދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހަތް މީހުންނާއެކު ދަތުރު ކުރަމުންދިޔަ މި ދޯނި ފަރަށް އަރާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:50 ހާއިރު ކަމަށެވެ.
އެވަގުތު ކޯސްޓްގާޑަށް މަޢުލޫމާތުދީ ކޯސްޓްގާޑުން އެދޯނީގައި ތިބި މީހުން ސަލާމަތް ކޮށްފައިވާކަމަށާއި އެވަގުތު އެދޯނީގައި އަންހެނަކާއި ކުޑަ ކުއްޖަކާއެކު ޖުމުލަ ހަތް މީހުން ކަމަށާއި އޭގެތެރޭގައި ދެ ބިދޭސީންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށްބުނީ އެ ދޯނި ފަރަށް އެރީ ދިއްގަރުގެ ގާތްގަނޑަކަށް ފަސް މޭލު ބޭރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް