އަންހެނަކު އަމިއްލަ ބަނޑަށް ވަޅި ހަރައިފި

އާއިލާތެރޭގައި ދިމާވި މައްސަލައަކާއި ގުޅިގެން އަންހެނަކު، އަމިއްލަ ބަނޑަށް ވަޅި ހަރައި ޒަހަމްވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި މިއަދު 13:35 ހާއިރ...

18 Jul 2015 | 09:19

އާއިލާތެރޭގައި ދިމާވި މައްސަލައަކާއި ގުޅިގެން އަންހެނަކު، އަމިއްލަ ބަނޑަށް ވަޅި ހަރައި ޒަހަމްވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި މިއަދު 13:35 ހާއިރު މީހަކު އަމިއްލަ ނަފްސަށް ގެއްލުންދީގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި ޒަހަމްވި އަންހެންމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭނ ފަށާފައިވާއިރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އައިޖީއެމްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ހޮސްޕިޓަލަށް ގެނައި އިރު އޭނާގެ ހާލު ސްޓޭބަލް ކަމަށާއި، މިހާރު ސާޖަރީއެއް ކުރިއަށް ދާ ކަމަށެވެ. އަދި އިތުރު ތަފްސީލު ލިބޭނީ ސާޖަރީއެއް ފަހުގައި ކަމަށްވެސް ޒީނަތު ވިދާޅުވި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން މީހާގެ އަމިއްލައަށް ބަނޑަށް ވަޅި ހަރާފައި ވަނީ އޭނާގެ ފިރިމީހާއާ ދެމީހުގެ މެދުގައި މައްސަލަ ޖެހިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް