މިއަދު ހަވީރު ދިރާގުގެ ފަރާތުން މާލޭގައި ސަގާފީ ބޮޑު ޕެރޭޑެއް

ދިރާގުން ގެނެސްދޭ މިނިވަން 50 އީދު ފޯރި، މި ނަމުގައި މާލޭގައި މިއަދު  ސަގާފީ ހާއްސަ ޕެރޭޑެއް ކުރިއަށްދާނެ ކަމަށް ދިރާގުން ހާމަކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕ...

18 Jul 2015 | 09:09

ދިރާގުން ގެނެސްދޭ މިނިވަން 50 އީދު ފޯރި، މި ނަމުގައި މާލޭގައި މިއަދު  ސަގާފީ ހާއްސަ ޕެރޭޑެއް ކުރިއަށްދާނެ ކަމަށް ދިރާގުން ހާމަކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަން އިމްޖާދު ޖަލީލް ވިދާޅުވީ މި ހަރަކާތަކީ އީދާ ގުޅުވައިގެން ބޭއްވޭ ސަގާފީ ޕެރޭޑެއް ކަމަށާއި މި ޕެރޭޑްގައި ވަރަށް ތަފާތު ކަންތައްތަކެއް ކުރިއަށްދާނެ ކަމަށެވެ.

"މި ހަރަކާތުގައި 240 މީހުން ބަރިވެރިވާނެ، ރަދުން ހިމެނޭނެ، އަންހެން ފިރިހެން ބޮޑުބެރު ހިމެނޭނެ، ކޯޑި ކެނޑުން އޮންނާނެ، ބޮޑުމަސް ދުއްވުން އޮންނާނެ، 80 ފޫޓުގެ މި ބޮޑުމަހަކީ މާލޭގައި ދުއްވޭ އެންމެ ބޮޑުމަހަށް ވެގެންދާނެ، 60 ވަރަކަށް މާލިވެސް އުޅޭނެ" އިމްޖާދު ވިދާޅުވި އެވެ.

މި ޕެރޭޑް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ކަމަށާއި ސޯޝަލް ސެންޓަރު ކައިރިން ފެއްޓުމަށްފަހު އާޓިފިޝަލް ބީޗަށް ޕެރޭޑް ދާނެ ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ. އަދި މި ޕެރޭޑް ކުރިއަށްދާއިރު މަޖީދީމަގުގެ އެކި ހިސާބުތަކުގައި މަޑުކޮށް ހަރަކާތްތައް ދައްކާލުން އޮންނާނެ ކަމަށާއި އަދި ހުރިހާ ހަރަކާތެއް އެކުގައި އާޓިފިޝަލް ބީޗުން ކުރިއަށް ދާނެ ކަމަށްވެސް ދިރާގުން ހާމަ ކުރެ އެވެ.

އިމްޖާދު އިތުރަށް ވިދާޅުވީ މި ހަރަކާތް ހިންގުމުގައި ދިރާގަށް އެހީތެރިކަން ފޯރުކޮށްދެނީ "އަ ބްލޭޒް ކޯޕަރޭޓިވް ސޮޝައިޓީ"ން ކަމަށާއި މިހަރަކާތަކީ މިނިވަން 50 އާއި އަދި އީދާ ގުޅުވައިގެން ދިރާގުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް