ސްޓާކީނެއްގެ ތެރެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަޅައިގެން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ސްޓާކީނެއްގެ ތެރެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަޅައިގެން އުޅުނު ދެމީހަކު އދ. މަހިބަދޫން، ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި...

18 Jul 2015 | 08:48

ސްޓާކީނެއްގެ ތެރެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަޅައިގެން އުޅުނު ދެމީހަކު އދ. މަހިބަދޫން، ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2015 ޖުލައި 17 ވަނަދުވަހު ދަންވަރު 02:15 ހާއިރު އދ.މަހިބަދޫ ސެންޓްރޯ ކެފޭ ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.

"މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓް ފެނިފައިވަނީ  އެމީހުންނަށް ފުލުހުން ފެނުނުވަގުތު އެތަނުން އެކަކުގެ އަތުގައި އޮތް ކަޅުކުލައިގެ ސްޓާކީނެއް އެއްލާޅުމުން އެ އެ ސްޓާކީން ނަގައި މި ދެ މީހުންގެ ހާޒިރުގައި ބަލައި ފާސްކުރިއިރު ކަޅުކުލައިގެ ސްޓާކީން ތެރޭގައި އޮތް ކެމަލް ހާޑް ފޮއްޓެއްގެ ތެރެއަށް ލާފައި އޮތް ނޫކުލައިގެ ކޮތަޅު ތެރެއިން" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް