އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ "އަލް ޝަބާބް"ގެ ލީޑަރެއްގެ އިތުރުން ބައެއް ހަނގުރާމަވެރިން މަރާލައިފާވާކަމަށް އެމެރިކާގެ އޮފިސިއަލުން ބުނެފިއެވެ. މިކަން ވަނީ މިޖަމާއަތުން ވެސް ކަށަވަރު ކޮށްދީފައެވެ.
ސޯމާލިއާގެ އިންޓެލިޖެންސް އޮފިސަރެއް މައުލޫމާތު ދީފައިވާގޮތުގައި މަރާލެވިފައިވާ ލީޑަރަކީ އިސްމާއީލް ޖަބްހާދެވެ. އަލް ގައިދާއާއި ބައިތު ހިފާފައިވާ އަލް ޝަބާބުގެ މިލީޑަރު މަރާލާފައި ވަނީ އެމެރިކާއާއި އެޕްރިކާގެ ގުޅިފައިވާ އަސްކަރިއްޔާއިން ސޯމާލިއާގެ ބަރްދޭރް ގެ އަވަށެއްގެ ބޭރުގައި ހިންގި އޮޕަރޭސަނެއްގައެވެ.
އަލް ޝަބާބް މަޝްހޫރުވެފައިވަނީ ސޯމާލިއާގެ ރައްތިތުންގެ އިތުރުން ސޯމާލިއާއި އެފްރިކަން ޔޫނިއަން ގެ އަސްކަރިއްޔާ އަށް ދޭ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުންއެވެ. ސޯމާލިއާއިން އަލް ޝަބާބްގެ ބާރު ކަނޑާލެވިފައިވީނަމަވެސް މި ޖަމާއަތުން ދޭތެރެ ދޭތެރެއިން ދަނީ އެކި ހަމަލާތައް ދެމުންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް