މިސްރުގެ އަސްކަރީ މަނަވަރަކަށް ދިން ހަމަލާއެއްގެ ޒިންމާ އައިއެސް އިންއުފުލައިފި އެވެ. މިސްރުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. މިއީ އައިއެސް ދިން ފުރަތަމަ ކަނޑުގެ ހަމަލާއެވެ.
ހަމަލާ ދިންއިރު މި މަނަވަރު އޮތީ މިސްރުގެ ސިނާއީ އަވަށުގެ ދެމޭލު ބޭރުން މެޑިޓޭރިއަން ކަނޑުގައި އަޅާފައެވެ. އެޖިޕްޓްގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ސަމީރް މައުލޫމާތު ދީފައިވާ ގޮތުގައި މެޑިޓޭރިއަން ކަނޑުގެ އައްސޭރިފަށުގައި "ޓެރަރިސްޓުން" އާ ބަދަލު ކުރި ހަމަލާ ތަކެއްގައި މަނަވަރުގައި އަލިފާން ރޯވެފައިވާކަމަށާއި މަނަވަރުގެ އެއްވެސް ފަޅުވެރިއަކު މަރުވެފައި ނުވާކަމަށެވެ.
މަނަވަރަށްލިބިފައިވާ ގެއްލުން ބަޔާންނުކުރި ނަމަވެސް ބައެއްފަޅުވެރިން އަށް އެކިވަރުގެ އަނިޔާލިބިފައިވާކަމަށް ސަލާމަތީ އޮފިސިއަލުން ވަނީ މައުލޫމާތު ދީފައެވެ.
މިހަމަލާދީފައިވާކަމަށް ލަފާކުރެވެނީ މިސްރުގެ ސިނާއީ އަވަށުގައި ހަރަކާތްތެރިވަމުން އަންނަ އައިއެސްގެ ގޮތްޕަކުންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް