ޖަނަރޭޓަރެއް ހަލާކުވުމުން، ކަރަންޓް ބޭނުންކުރާ މިންވަރު ދަށްކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

މާލެއަށް ކަރަންޓް ދިނުމަށް ސްޓެލްކޯއިން ބޭނުން ކުރަމުންދިޔަ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވުމުން، ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފި އެ...

18 Jul 2015 | 07:35

މާލެއަށް ކަރަންޓް ދިނުމަށް ސްޓެލްކޯއިން ބޭނުން ކުރަމުންދިޔަ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވުމުން، ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ އެ ޖަނަރޭޓަރަށް ދިމާވެފައިވަނީ ބޮޑު މައްސަލައެއް ކަމުން، މަރާމާތު ކުރުމަށް ގިނަ ވަގުތު ހޭދަވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑު މަރާމާތެއް ކުރުމަށް އެއް ޖަނަރޭޓަރު ނިއްވާލާފައި ވާތީ މާލެއަށް ބޭނުން ކަރަންޓް އުފެއްދޭ މިންވަރު މަދުވެދާނެ ކަމަށެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު މަތިވާ ނަމަ އެކި ސަރަހައްދުތަކުން ދޭތެރޭ ދޭތެރެއިން ހިދުމަތް މެދުކެނޑޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަރަންޓު ބޭނުންކުރައްވާ މިންވަރު މަދު ކުރުމަށް އިލްތިމާސްކުރާ ކަމަށާއި ހާއްސަކޮށް މަތީ ކަރަންޓް ބޭނުން ކުރެއްވުމުގައި މިވަގުތު މަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް