ތ. ގުރައިދޫގައި އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރަން ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 13.80 ހެކްޓަރުގެ ބިން ހިއްކުމާއި، 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫއަކީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
2,272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫ އަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަ ރަށެކެވެ.
ގުރައިދޫގައި ގިނަ އަދަދެއްގެ ފިހާރަތަކާއި އެކި ކަހަލަ ވިޔަފާރިތައް ކުރިޔަށް ދާތީ، އެ ރަށް ވެފައިވަނީ އެ ހިސާބުގެ ވިޔަފާރީގެ ހަބަކަށެވެ. އެ ރަށުގައި އެއާޕޯޓެއް އޮތުމަކީ އެ ރަށު
ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެކެވެ. އެއާޕޯޓުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާއިރު، އެކަމުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގުރައިދޫގެ ރައްޔިތުން އުންމީދު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް