އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވ...

18 Jun 2025 | 08:52

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސް އުވާލާ އެ ޕާޓީގެ މެންބަރުންނާއި ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އިއްޔެ ވަނީ ނިންމާފައެވެ.

އެހެންކަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑިމޮކްރެޓްސް އިން ނިންމާފައިވާތީ އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށެވެ.

ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތަކާ ގުޅޭ ތަފުސީލްތަކެއް އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް