މިއޮތީ އަންހެނަކު އަހަރެއްގެ ތެރޭގައި ބަރުދަނުން 40 ކިލޯ ލުއިކޮށްލި ގޮތުގެ ވާހަކަ !

މިއީ ކެނެޑާގައި ދިރިއުޅެމުން އަންނަ އިންޑިއާއަށް ނިސްބަތްވާ އަންހެނެއްގެ ވާހަކައެވެ. ނަމަކީ ގުރިޝްކު ކޯރް އެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖަނަވަރީގެ ނިޔަލަށް ބަރ...

18 Jun 2025 | 08:46

މިއީ ކެނެޑާގައި ދިރިއުޅެމުން އަންނަ އިންޑިއާއަށް ނިސްބަތްވާ އަންހެނެއްގެ ވާހަކައެވެ. ނަމަކީ ގުރިޝްކު ކޯރް އެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖަނަވަރީގެ ނިޔަލަށް ބަރުދަނުން 40 ކިލޯ ލުއިކޮށްލާ، އެ ޕޯސްޓްތައް އިންސްޓަގްރާމްގައި ހިއްސާކުރުމުން އެތައް ބަޔަކު އެކަމާ އާޝޯޚުވެ އެ މަގުން އެކަން ކާމިޔާބުކުރީ ކިހިނެއްތޯ އޭނާއާ ގިނަ ބަޔަކު ސުވާލު ކުރިއެވެ.

އެ ސުވާލަށް އޭނާ ޖަވާބު ދީފައިވާއިރު ބުނެފައިވަނީ މޮޅު ޑައިޓް ޕްލޭންތައް ޚިޔާރު ނުކުރާ ކަމަށާއި ބަދަލުގައި ޚިޔާރު ކުރީ ކަސްރަތު (މައިގަނޑު ގޮތެއްގައި ދުވުން) އަދި މިންހެޔޮ ނާސްތާ ކަމަށެވެ.

ކޯރް ބުނެފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ހިކެން މަސައްކަތް ފެށިއިރު 20 މިނެޓު ހިނގާލުންވެސް އޭނާއަށް ވެގެންދިޔައީ ތަކުލީފަކަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ދުވާލަކު މަދުވެގެން 10 ކިލޯ މީޓަރަށް ދުވެ ނުލާ ހިތް ހަމަ ނުޖެހޭ ކަމަށާއި އަދި ބައެއް ދުވަސް ދުވަހު 20 ކިލޯމީޓަރަށްވެސް ދުވެލާ ހިތްވާކަމަށް ކޯރް ބުނެފައިވެއެވެ.

ދެވަނަ ކަމަކަށް ކޯރް އިސްކަންދިނީ ކެއުން ބުއިމުގައި މިންހެޔޮ ނާސްތާ ޚިޔާރު ކުރުމަށެވެ. އެގޮތުން ހައި-ޕްރޮޓީން، ހައި-ފައިބާ އެކުލެވޭ ނާސްތާއެއް ޚިޔާރު ކުރުމުން ދުވަހުގެ ބޮޑު ބައެއް ކަޑައްތު ކުރުމުގެ ހިތްވަރާ ބާރު ލިބިގެންދާކަން އޭނާ ފާހަގަކުރިއެވެ.

ކޯރް ބުނެފައިވަނީ އޭނާވެސް ހިކުމުގެ ނިޔަތުގައި ކުރިން އެކި އެކި ޑައެޓު ތަކާއި ޕްލޭންތައް ޚިޔާރު ކުރިކަމަށާއި އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ފެއިލްވާތީ މިފަހަރު ޚިޔާރު ކުރީ ލަސް އެހެން ނަމަވެސް ގަދަ ހިތްވަރާއެކު ނަތީޖާ ނެރެވޭނެފަދަ ކަންތައްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް