އެމެރިކާގެ އިސް އޮފިޝަލަކަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އިސްރާއީލަށް އޭގެ ދުރު ރާސްތާގެ މިސައިލް ދިފާޢީ ނިޒާމު ކަމުގައިވާ އެރޯ އިންޓަރސެޕްޓަރުތައް ހުސްވަމުން އެބަދެއެވެ. މި ކަމުގެ ސަބަބުން އީރާނުން ދެމުންގެންދާ ބެލިސްޓިކް މިސައިލްތަކުގެ ހަމަލާތަކުން ދިފާޢުކުރުމުގެ ޤާބިލުކަން ދެމެހެއްޓުމާމެދު ކަންބޮޑުވުންތަކެއް އިސްރާއީލްގައި ވަނީ އުފެދިފައެވެ.
އީރާނުން ދެމުން ގެންދާ މިސައިލް ހަމަލާތައް އިތުރުވެފައިވާތީ އިސްރާއީލްގެ އެތައް ފަށަލައިގެ މައްޗަށް އެކުލެވިގެންވާ މިސައިލް ދިފާޢީ ނިޒާމުގެ މައިގަނޑު ބައެއް ކަމުގައިވާ އެރޯ ނިޒާމަށް ވަރަށް ބޮޑަށް ބަރޯސާވާން އިސްރާއީލަށް ޖެހެއެވެ.
ނަމަވެސް، މިއީ އިސްރާއީލްގެ ހަމައެކަނި ދިފާޢީ ވަސީލަތެއް ނޫނެވެ. އެމެރިކާއިން ދަނީ މެދުއިރުމަތީގެ ސަރަޙައްދުގައި ޕެޓްރިއަޓް އަދި ޓީ.އެޗް.އޭ.ޑީ މިސައިލް ދިފާޢީ ނިޒާމުތައް ޤާއިމުކޮށްގެން އިސްރާއީލް ދިފާއުކޮށްދެމުންނެވެ. އަދި އެމެރިކާގެ ކަނޑު އަސްކަރިއްޔާގެ ޑިސްޓްރޯޔަރުތަކުންވެސް ދަނީ އިސްރާއީލް ދިފާއުކޮށްދެމުންނެވެ.
އިސްރާއީލަށް އޭގެ ދިފާޢީ ޤާބިލުކަން ދެމެހެއްޓުމަށް ވަރަށް ބޮޑަށް އެމެރިކާއަށް ބަރޯސާ ވާން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް