އަމިއްލަ ފަރާތެއްގެ އެހީގައި ވިލިމާލޭގައި މިސްކިތެއް ބިނާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ވިލިމާލޭގައި ހުންނަ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.
"ވިލިމާލޭ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައި ވާތީ 2 އަހަރު ތެރޭ ނިންމާގޮތައް އެ ފަރާތާ ޙަވާލުކުރަން ވަނީ ނިންމާފައި" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ބިނާކުރާ އައު މިސްކިތުގައި ޤުރުއާން ކިޔަވައިދޭ ކްލާސްތަކާއި ޢިލްމީ އެހެނިހެން ކަންކަމަށް ބޭނުންކުރެވޭ ކްލާސްތައް ހިމެނޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް