ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ޙައްޖުވެރިން އަތުވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިިއްޔާއަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖާޖީންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގ...

18 Jun 2025 | 06:23

ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިިއްޔާއަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖާޖީންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައީ މި މަހުގެ 13 ވަނަ ދުވަހެވެ. ދެވަނަ ގްރޫޕް މި މަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް ރާއްޖެއައިސްފައި ވަނީ 16 ވަނަ ދުވަހެވެ. މީގެ އިތުރުން ހައްޖާޖީންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ދިވެހި ހުރިހާ ޙައްޖުވެރިން އެނބުރި އައިސްފައިވާއިރު މި އަހަރުގެ ޙައްޖުގެ ކަންކަން ގޮސްފައި ވަނީ ވަރަށް ފަސޭހަކަމާއެކުއެވެ.

މި އަހަރު ރާއްޖެއިން ދަތުރުކުރި ހަތަރު ފްލައިޓުގެ ޙައްޖުވެރީން ވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. ޙައްޖުވެރީން ރާއްޖެއިން ފުރުމުގެ ކުރީން ސަޢުދީ އިމިގްރޭޝަނުން ފުރިހަމަކުރާން ޖެހޭ އެންމެހައި އިޖުރާތުތައް މުޅީން ފުރިހަމަކޮށްފައިވާތީ، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރީން މަޑުކުރާން ޖެހެނީ ވަރަށް ކުޑަ ވަގުތުކޮޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް