ހަނގުރާމައިގެ ހާލަތު ގޯސްވެ އެމެރިކާއިން ޤުދުސްގައި ހުރި އެ ޤައުމުގެ އެމްބަސީ ވަގުތީގޮތުން ބަންދުކޮށްފި

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެން ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެ، އެމެރިކާއިން ޤުދުސްގައި ހުރި އެ ޤައުމުގެ އެމްބަސީ ޖޫން 18 ވާ ބުދަ ދުވަހުން ފެ...

18 Jun 2025 | 05:21

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެން ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެ، އެމެރިކާއިން ޤުދުސްގައި ހުރި އެ ޤައުމުގެ އެމްބަސީ ޖޫން 18 ވާ ބުދަ ދުވަހުން ފެށިގެން ޖޫން 20 ވާ ހުކުރު ދުވަހުގެ ނިޔަލަށް ވަގުތީގޮތުން ބަންދުކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ އިސްރާއީލްގެ ހޯމް ފްރަންޓް ކޮމާންޑުގެ އިރުޝާދާ އެއްގޮތަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުން "ޝަރުތަކާ ނުލައި އަމާންދިނުމަށް" ގޮވާލައި، އީރާނުގެ ލީޑަރޝިޕްއަށް ހަމަލާ ދިނުމުގެ އިޝާރާތްތަކެއް ދިނުމާ ގުޅިގެން އެމެރިކާ މި ހަނގުރާމައިގައި ބައިވެރިވެދާނެ ކަމުގެ ބިރުވެރިކަން އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ.

އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:

"އެމެރިކާ ސަރުކާރުގެ ހުރިހާ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުން އިތުރު އެންގުމަކާ ހަމައަށް ރައްކާތެރި ތަނެއްގައި ތިބުމަށް އަންގަމެވެ."

އެމްބަސީ ބަންދުކުރި ނަމަވެސް، މިހާރު އިސްރާއީލްގައި ތިބި އެމެރިކާގެ ރައްޔިތުން އެ ޤައުމުން ނެރުމުގެ ޕްލޭނެއް އިޢުލާނުކޮށްފައެއް ނުވެއެވެ. މި ފިޔަވަޅު އަޅާފައިވަނީ މި ސަރަޙައްދުގައި ހާލަތު ގޯސްވެފައިވާ މިންވަރު ދައްކުވައިދިނުމުގެ ގޮތުންނެވެ. މިހާރު ސީދާ ހަނގުރާމަ 5 ވަނަ ދުވަހަށް ވަނީ އައިސްފައެވެ. މި މުއްދަތުގެ ތެރޭގައި މިސައިލް ހަމަލާތައް ދެފަރާތުން ދީފައިވާ އިރު، ދެފަރާތުންވެސް މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެފައިވެއެވެ.

އެމްބަސީ ބަންދުކޮށްފައިވަނީ ދުނިޔޭގެ ބާރުވެރި ޤައުމުތަކުން ހަނގުރާމަ ހުއްޓާލައި، ޑިޕްލޮމަސީގެ ޒަރީޢާއިން މައްސަލަ ހައްލުކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެމެރިކާއިން މި ސަރަޙައްދުގައި އެ ޤައުމުގެ ސިފައިންގެ ބާރު އިތުރުކުރަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް