ބުދަ ދުވަހުގެ ފަތިހު އީރާނުން ތެލް އަވީވްއަށް ހައިޕަރސޮނިކް ފައްތާޙް-1 މިސައިލް ހަމަލާއެއް ދިނުމާއި އެކު، އީރާނާއި އިސްރާއީލާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެއްޖެއެވެ. މިއީ ޓެހްރާންގެ 18 ވަނަ ސަރަޙައްދަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން އެތައް ސަރަޙައްދެއްގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފައިވަނީ މި ހަމަލާތަކަކީ "އޮޕަރޭޝަން އޮނެސްޓް ޕްރޮމިސް 3" ގެ "11 ވަނަ ރާޅު" ގެ ބައެއް ކަމަށެވެ. އަދި މި މިސައިލްތަކުން އިސްރާއީލުގެ ޝެލްޓަރުތައް "ތަކުރާރުކޮށް ގުޑުވާލެވިފައިވާ" ކަމަށް ބުނެފައިވެއެވެ.
ހައިޕަރސޮނިކް މިސައިލްތަކަކީ އަޑުގެ ސްޕީޑަށްވުރެ 5 ގުނަ ބާރު ސްޕީޑެއްގައި، ދަތުރުކުރާ އެޑްވާންސްޑް ހަތިޔާރުތަކެކެވެ. އަދި މި މިސައިލްތަކަށް އުދުހުމުގެ ތެރޭގައި ދަތުރުގެ މަގު ބަދަލުކުރެވޭތީ، މި މިސައިލްތައް ދެނެގަތުމާއި ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މި މިސައިލްތަކުގެ ބާރު ސްޕީޑާއި ކުއްލި ގޮތަކަށް މަގު ބަދަލުކުރެވޭ ކަމަކީ މިހާރު ބޭނުންކުރާ މިސައިލް ދިފާޢީ ނިޒާމުތަކަށް ވަރަށް ރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އަދުގެ ހަނގުރާމަތަކުގައި މިއީ ވަރަށް ބޮޑު ނުރައްކަލެއް ކަމުގައި ބެލެވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަނގުރާމައިގައި ސީދާ ބައިވެރިވާކަން ދެކޮޅު ހަދައި، އީރާނުން "ޝަރުތެއް ނެތި އަމާންދިނުމަށް" ގޮވާލައި، އަސްކަރީ ގޮތުން ތައްޔާރަށް ތިބިކަން ދޭހަވާ ގޮތަށް ވާހަކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް