4،000 އަށް ވުރެން ގިނަ ޙައްޖުވެރިންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވޭ: ސައުދީ ހެލްތް މިނިސްޓްރީ

އެކި އެކި ބަލިތަކުގައިި 4،000 އަށް ވުރެން ގިނަ ޙައްޖުވެރިންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާާކަމަށް ސައުދީގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ. ސައުދީގެ ސިއްޙަތާއި ބެހޭ ވުޒާރާތަކުން ބުނީ، މިއަހަރުގެ ޙަ...

18 Jun 2024 | 10:26

އެކި އެކި ބަލިތަކުގައިި 4،000 އަށް ވުރެން ގިނަ ޙައްޖުވެރިންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާާކަމަށް ސައުދީގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ސައުދީގެ ސިއްޙަތާއި ބެހޭ ވުޒާރާތަކުން ބުނީ، މިއަހަރުގެ ޙައްޖު ދުވަސްވަރު 4،082 ޙައްޖުވެރިންނަށް ފަރުވާ ދީފަ ކަމަށްށެވެ.

މިގޮތުން އެންމެ ގިނައިން ޙައްޖުވެރިންނަށް ފަރުވާ ދީފަވަނީ ހޫނު ގަދަވުމުގެ ސަބަބުން ހާލު ދެރަކޮށްލާއިގެން ކަމަށް ސައުދީގެ ސިއްޙަތާ ބެހޭ ވުޒާރާތަކުން ވަނީ ބުނެފައެވެ. އަދި ކިޑްނީގެ ބަލިތަކަށާއި ހިތުގެ ބަލިތަކަށް ފަރުވާ ކުރާ ފަރާތް ތަށް ހިމެނެއެވެ.

ހޫނުގަދަވުމުގެ ސަބަބުން މިހާތަނަށް 22 ޙައްޖުވެރިން އެކި އެކި ޤައުމުތަކުން ނިޔާވެފައި ވާކަމަށް ސައުދީންގެ އެކި އެކި މަސްދަރުތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މައްކާގެ ހޫނު މިން 51.8 ޑިގްރީ ސެލްސިއަސްއަށް އަރައިގެން ގޮސްފައިވެއެވެ.

ސައުދީގައި ހޫނުގަދަވުމުގެ ސަބަބުން ހޫނުގަދަ ވަގުތު ތަކުގައި ބޭރަށް ނުނުކުތުމަށް ޙައްޖުވެރިންނަށް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް