ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ ޕާޓީތަކަށް ފައިސާ ދޫކޮށްފިއެވެ.
ޤާނޫނުގައިވާ ގޮތުގައި ސިޔާސީ ޕާޓި ތަކަށް ފައިސާ ދޫކުރަނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރާ ދުވަހާ ހަމައަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި10،000 މީހުން ހަމަވާ ޕާޓީ ތަކަށެވެ. ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކުރަނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 އިންސައްތައަށްވާ އަދަދަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
މިގޮތުން ދައުލަތުގެ ބެޖެޓުން ފައިސާ ދޫކޮށްފައިވަނީ 6 ޕާޓީ އަކަށެވެ.
އިލެކްޝަން ކޮމިޝަން އިން ބުނީ، ދައުލަތުގެ ބަޖެޓު ހިނގަމުން މިދާ އަހަރަށް ފާސްކުރި އިރު ޑިސެންބަރު 13 ވަނަ ދުވަހަށް ޤާނޫނުގައިވާ އަދަދަށް މެނބަރުން ހަމަވެފައިވަނީ އެމް.ޑީ.ޕީ، ޕ.ީޕ.ީއެމް، ޖޭޕީ، ޕީ.އެން.ސީ، އެމް.ޑީ.ޕީ، އެމް.ޑީ.އޭ އަދި އަދާލަތު ޕާޓީގައި ކަމަށެވެ.
އިލެކްޝަންއިން ފުރަތަމަ ފައިސާ ދޫކޮށްފައިވާ ޕާޓިތަކުގައި ހިމެނެނީ، ޕީ.ޕީ.އެމް އާއި، ޖޭ.ޕީ އާއި، އޭ.ޕީ އާއި އެމްޑީއޭ އެވެ. މި ޕާޓީ ތަކަށް ފައިސާ ދޫކުރުމަށް މާލީ ވުޒާރާއަށް ފޮނުވައި ފައިސާ ދޫކުރިކަމަށް އިއުލާން ކޮށްފައިވަނީ އޭޕްރިލް މަހު 19 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ އެމްޑީޕީއަށް ފައިސާ ދޫކުރުމަށްވެސް މާލީ ވުޒާރާއަށް ފޮނުވާފައެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ވިދާޅުވީ، ޕީއެންސީއަށާއި އެމްޑީޕީއަށްވެސް މިހާރު ވަނީ ފައިސާ ދޫކޮށްފައި ކަމަށެވެ.
މިގޮތުން އެމްޑީޕީއަށް ވަނީ ދައުލަތުގެ ބަޖެޓުން 15.1 މިލިއަން ރުފިޔާ ފޮނުވާފައެވެ. އަދި އެމްޑީީއޭއަށްް2.4 މިލިއަން ފޮނުވާފައި ވެއެވެ.
ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް ވަނީ 8.0 މިލިއަން ރުފިޔާ ފޮނުވާފައެވެ. އަދި ސަރުކާރުގެ ކޯލިޝަން ޕާޓީ ޕީޕީއެމްއަށް ވަނީ10.4 މިލިއަން ރުފިޔާ ފޮނުވާފައެވެ.
މީގެ އިތުރުން، ޖުމްހޫރީ ޕާޓީއަށް ވަނީ 5.3 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އަދާލަތު ޕާޓީއަށް2.5 މިލިއަން ރުފިޔާ ފޮނުވާފައި ވެއެވެ.
މިގޮތުން މި އަަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ހަ ޕާޓީއަށް ވަނީ44.09 މިލިއަން ރުފިޔާ ދޫކުރުމަށް އިލެކްޝަންއިން ވަނީ ނިންމާފައެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޖުމްލަ10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް