ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޮޝަންގެ ނަސީބުވެރިޔާ އެކުންފުނިން ރޭގައި ހޮވައިފިއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާނުކޮށްފައިވަނީ އަޟްހާ އީދުގެ މުނާސަބަތުގައި ރޭ އެކުންފުނިން ކުރިއަށް ގެންދާ ދިރާގު އީދު ޝޯގައެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ މި ގުރުވަތު ހޮވާފައިވަނީ ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުވަތުން މުޅިން އައު ޓެސްލާ ކާރު މޮޑެލް 3 ގެ ވެރިޔާގެ ގޮތުގައި ހޮވިފައިވަނީ މުސްތަފާ މުހައްމަދު / ކ.ތުލުސްދޫއެވެ.
މި ގުރުވަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށްގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އައްޔަންކޮށްފައެވެ. އެގޮތުން ކްރޯ މޯލްޑިވްސްއިން ވަނީ ގުރުވަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލާ ގުރުވަތު ނެގި ވަގުތު ލޮކޭޝަންގައި ހަރަކާތްތެރިވެފައެވެ.
ދިރާގު އީދު ޝޯގެ ގުރުވަތު ނެގުމުގެ ބައި ވަނީ ޓީ.ވީ.އެމް އާއި ޗެނަލް 13 އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށްފައެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އިޖުތިމާއީ މިފަދަ ތަފާތު ހަރަކާތްތައް އިންތިޒާމުކޮށް، ހިތްގައިމު އައު އޮފާތައް ފޯރުކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް