ބަނގުރާ ވިއްކަމުންދިޔަ ދިވެހި ދެ ފިރިހެނަކު އަތުލައިގެންފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރެހެނަކާއި 41 އަހަރުގެ ފިރެހެނެކެވެ.
ކްރިމިނަލް ކޯޓުން ފުލުހުންންގެ އިންޓަލިޖެންސް ރިޕޯޓާ ހަވާލާދީ ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ ހައްޔަރުކުރި ދެ މީހުންނަކީވެސް ބަނގުރާވިއްކުމުގައި އަމަލީ ގޮތުން ބައިވެރިވާ ދެ މީހުން ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ މި ދެމީހުންނަކީ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ބަޔަކު ކަމުގައި ފާހަގަކޮށް މި ދެމީހުންގެ ބަންދުގެ މުއްދަތަށްް 30 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް