ބްރިޖް މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ

ސިނަމާލެ ބްރިޖް މަރާމާތުގެ  މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ. މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނެފައިވަނީ ރޭގައި އެ ސަރަހައްދުން ބިދޭސީއަކު އަނބުރައިގަނެގެން ވެއް...

18 Jun 2024 | 07:22

ސިނަމާލެ ބްރިޖް މަރާމާތުގެ  މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިވަނީ ރޭގައި އެ ސަރަހައްދުން ބިދޭސީއަކު އަނބުރައިގަނެގެން ވެއްޓުމުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ގެންދިޔައިރުވެސް އެ މީހާގެ ފުރާނަ ނެތް ކަމަށެވެ.

މަރުވެފައިވަނީ،  ޗައިނާގެ ކޮންސްޓްރަކްޝަން ކޮންޕެނީ، ސީސީސީސީ ސެކްނޑް ހާބާ އިންޖިނީއަރިން ކޮންޕެނީއަށް ނިސްބަތްވާ އިންޑިޔާގެ ފިރެހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ މާރޗް 30 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް